14 އޯގަސްޓް 2025

ސުންގަޑި ތާރީޚް:

30 ސެޕްޓެމްބަރ 2025

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު

ޢިއުލާންތައް

ދެވަނަ އަސާސީ މެރިކަލްޗަރ ކޯސް 18 އޮކްޓޯބަރު 2025 އިން 30 އޮކްޓޯބަރު 2025 އަށް، 14 ދުވަހުގެ މުއްދަތު - ކ. މަނިޔަފުށީ

  މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން، ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީކޮށް، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމުގެ މަޤްޞަދުގައި "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން މި އަހަރު ކުރިއަށްގެންދާ ދެވަނަ އަސާސީ މެރިކަލްޗަރ ކޯސް 18 އޮކްޓޯބަރު 2025 އިން 30 އޮކްޓޯބަރު 2025 އަށް، 14 ދުވަހުގެ މުއްދަތަށް ކ. މަނިޔަފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު 15 ފަރާތަކަށް ވަނީ ހުޅުވާލެވިފައެވެ.

ވީމާ، މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ހުށަހެޅުއްވުން އެދެމެވެ. ފޯމު އީމެއިލް މެދުވެރިކޮށް ފޮނުއްވާނަމަ އީމެއިލް ކުރައްވާނީ  [email protected] އަށެވެ. 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދެވޭނީ ފޯމު ހުށަހެޅި ތަރުތީބުންނެވެ.

ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. އަދި ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުށި ދެމެދު ކުރަންޖެހޭ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު މި އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.

ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްކުން ނަންބަރު 3322242، 9555373 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

 

 

 

އިޢުލާން

191.28 KB

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް

100.61 KB