21 މެއި 2025
45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލްތައް ބާއްވާނެ ރަށެއް ކަނޑައެޅުމާބެހޭ
ދެންނެވުން
45 ވަނަ މަސްވެރިންގެ ދުވަސް 2025 ގެ ރަސްމީ އިޙްތިފާލްތައް ބާއްވާނެ ރަށެއް ކަނޑައެޅުން
2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް (10 ޑިސެމްބަރު 2025) ފާހަގަކުރުމަށް ބާއްވާ ރަސްމީ އިޙްތިފާލްތައް ބޭއްވުމަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކަށް ހުޅުވާލުމަށްވަނީ ނިންމާފައެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިކަން ހުރި ޝަރުތުހަމަވާ ރަށްރަށުން މިކަމަށް އެދި 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީއަށް ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް އެދޭ ރަށްރަށުން މި މިނިސްޓްރީއަށް ހުށަހަޅުއްވަންޖެހޭ ފޯމް މި ސަރކިއުލަރއާއެކު ފޮނުވީމެވެ. އަދި މިކަމާ ގުޅޭ މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ކަރުދާސް ތިޔަ އަތޮޅުގެ ރަށްރަށަށް ފޮނުއްވައި ދެއްވުމަށްޓަކައި މިސަރކިއުލަރއާއެކު ފޮނުވީމެވެ.
އަދި ދަންނަވަމެވެ. "2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލްތައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމް" އާއިގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މިނިސްޓްރީގެ ނަންބަރު: 3339274 ފޯނާއިގުޅުއްވުން އެދެމެވެ.
އިޙްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.