03 ސެޕްޓެމްބަރ 2025
ދިވެހިރާއްޖޭގެ މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ރާއްޖެއާއި ޗައިނާއާއި ދެމެދު ފަހުމުނާމާގައި ސޮއިކޮށްފި
News
ދިވެހިރާއްޖޭގެ މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ރާއްޖެއާއި ޗައިނާއާއި ދެމެދު ފަހުމުނާމާގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި ޗައިނާގެ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުންޔެއް ކަމަށްވާ، ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއި ދެމެދު ދިވެހިރާއްޖޭގެ މެރިކަލްޗަރ ދާއިރާ ތަރައްޤީކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ.
މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މެރިކަލްޗަރ ސިނާޢަތް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ވަކި ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ވަޒީރު، އަޙްމަދު ޝިޔާމްއެވެ.
މި ފަހުމު ނާމާގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ޚާއްޞަ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ)ގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މެރިކަލްޗަރ ސިނާޢަތް ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަމާޒެކެވެެ. އަދި އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވައިގެން މަސްވެރިކަން ތަރއްގީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެކެވެ.
.